އަހުމަދު މޫސާ ޖޭޕީން ވަކިވެއްޖެ

އިތުބާރުގެ ނެތްކަމުގެ ވޯޓު ސިއްރުކުރަން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މޫސާ އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
މަޖިލީހުގެ ޅ. ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ ވޯޓު ސިއްރު ކުރަން ނެގި ވޯޓްގައި ޕާޓީން ވޯޓް ސިއްރު ކުރަން ވޯޓްލުމުން އެކަމާ ހިތްހަމަ ނުޖެހިގެން އޭނާގެ ދާއިރާގެ ރައްޔިތުން ޝަކުވާ އުފުލުމުން ކަމަށެވެ.
އަހުމަދު ވިދާޅުވީ ވޯޓާ ގުޅިގެން އޭނާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ ވެސް އަދި ދާއިރާގެ މެންބަރުންގެ ހިތްހަމަ ނުޖެހުން އޮތީ ސަރުކާރު ކޯލިޝަނުގައި ތިބެ ވޯޓް ސިއްރުކުރަން ޕާޓީން ވޯޓް ދިނުމުން ކަމަށެވެ.
""އަޅުގަނޑު އޮންނާނީ މިހާރު ޕާޓީގެ އޮފީހަށް ސިޓީ ފޮނުވާފައި، މިކަމާ ގުޅިގެން އިތުރަށް ސާފު ކުރަން ޕާޓީ އޮފީހަށް ގުޅާ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ