މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގެ ޑޯޓުޑޯ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ފައްޓަވައިދެއްވައިފި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ ޑޯޓުޑޯ ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު “ޖަޒްބާރު ޖަގަހަ”ގައި ބޭއްވި ކުޑަ ރަސްމިއްޔާތަކަށް ފަހުއެވެ.
އެމްޑީޕީން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ޑޯޓުޑޯ ކެމްޕެއިނަކީ، ރައްޔިތުންގެ ޚާލު އަހުވާލާއި، ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އަޑުއެހުމަށް އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
ޑޯޓުޑޯ ކެމްޕެއިންތަކުގައި އެއްކުރާ މަޢުލޫމާތުތަކަކީ، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާ މެނިފެސްޓޯގައި ހިމެނުމަށް އެއްކުރެވޭ މަޢުލޫމާތުތަކެއް ކަމަށް އެމްޑީޕީން ބުނެ އެވެ.
މާފަންނު ދެކުނު ދާއިރާގެ ޑޯޓުޑޯ ނަޝީދު ފައްޓަވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ