އިއާދަކުރަނަވި ހަކަތައާމެދު މޯދީ ވި ވައުދަކީ އެންމެ އޮއްޓަރުހުރި ވަޢުދު: ރައީސް ނަޝީދު

އިއާދަކުރަނަވި ހަކަތައާ ގުޅޭ ގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެވަޑައިގެންނެވި ވަޢުދަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން އެ ދާއިރާގައިވެފައިވާ އެންމެ އޮއްޓަރުހުރި ވަޢުދުގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ޞިފަކުރައްވައިފިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދަ އެނާޖީ އެންޑް ރިސޯސް އިންސްޓިޓޫޓްގެ ފޯރަމެއްގައި އެމަނިކުފާނު ދެއްކެވި ވާހަކފުޅުގައި ފާހަގަކުރެއްވި ފަދައިން އިއާދަކުރަނަވި ހަކަތައާ ގުޅޭ ގޮތުން ބޮޑުވަޒީރު މޯދީ ވެވަޑައިގެންފައިވާ ވަޢުދަކީ އެ ދާއިރާއިން ދުނިޔޭގެ އެއްވެސް ޤައުމަކުން ވެފައިވާ އެންމެ އޮއްޓަރުހުރި ދައުވާ ކަމަށެވެ.
އެގޮތުން ޑިސެންބަރު މަހުގައި މޯދީ ވަޢުދުވެވަޑައިގެންފައިވަނީ 2030 ވަނަ އަހަރުގެ ކުރިން އިންޑިޔާއިން 450 ގިގަވޯޓުގެ ކަރަންޓު އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން އިންޑިޔާއިން އުފައްދާނެ ކަމަށެވެ. 450 ގިގަވޯޓަކީ 450،000 މެގަވޯޓުގެ ކަރަންޓެވެ.
އަދި އޭގެ އިތުރަށް ނަޝީދު ވިދާޅުވީ ކްލައިމަޓް ވަލްނަރަބަލް ފޯރަމްއިން އެކަމާ ގުޅޭ ތަހުލީލު ވަރަށް އަވަހަށް އެކުލަވައިލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ