މާދަން ހެނދުނު ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ- ސްޓެލްކޯ

ހުޅުމާލެއިން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ 50މެގަވޮޓް އިންޖީނުގޭގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 8:00އިން 9:00އަށް ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށްވެސް އެދިފައެވެ. ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނު ގޭގެ މެއިންޓެނެސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ