ނޮވެމްބަރުގެ "މޫސުން" ވަރަށް ނަލަ!

އަންނަ އަހަރު ސްކްރީނު ކުރުމަށް އަމާޒު ހިފާފައިވާ ކާމިޔާބު ފިލްމު ކުންފުނީގެ ފިލްމު ނޮވެމްބަރުގެ ލަވަ އާންމުކޮށް ދައްކާލައިފި އެވެ. އެ ލަވައިގެ އޯޑިއޯ މިހާރު ޔޫޓިއުބް، ސައުންޑްކްލައުޑް، ލަވަފޮށީގެ އިތުރުން ބައިސްކޯފުން އަޑުއިވޭނެ އެވެ. މަޑުމައިތިރި އެ ހިތްގައިމު ލަވަ ކިޔާފައި ވަނީ އަޝްފާ އެވެ. މި ލަވަ ކޮމްޕޯސްކުރީ ޝައްމޫން މުހައްމަދު އެވެ. މޫސުންގެ މިއުޒިކް ތައްޔާރުކުރީ ހުސައިން ތައުފީގެވެ. މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. ޑާކްރެއިން އެންޓަޓެއިން އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ފިލްމު ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ