އިސްޤާޟީ ގާޒީ ހައިލަމް މަޤާމުންވަކިކުރުމަށް ކޮމިޓީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޟީ އަހްމަދު ހައިލަމގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލއަކާއި ގުޅިގެން އެމަނިކުފާނު އެމަޤާމުގައި ބަހައްޓން ނުފެންނާތީ އެމަނިކުފާނު އެމަޤާމުން ވަކިކުރުމަށް ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންއެމަނިކުފާނު ޤާޟީކަމުން ވަކިކުރުމަށް ފސްކޮށްފިއެވެ. މަޖުލިހުގެ ތަޅުމަށް އެމައްސަލަ ހުށަހެޅި މިއަދުގައެވެ. އިސް ގާޟީ ހައިލަމްގެ ސުލޫކީމައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބެލުމަށް ގެންދަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގާޟީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުވި ފޮޓޮއެއްގެ މައްސަލައިގަ އެވެ.
ހައިލަމުގެ އިތުރުން ރާއްޖެތޭރެ 2 މެޖިސްތްރޭޓަކު ވަކިކުރުމަށް ޖޭއެސްސީން މަޖުލިހަށް ވަނީ ފޮނުއްވާފައެވެ. އެއީ ކ.ތުލުސްދޫ ކޯޓްގެ މެޖިސްޓްރޭޓް އައިނާނު ޢަލީ މުޙައްމަދާއި، ރ.މާކުރަތު ކޯޓްގެ އިސް މެޖިސްޓްރޭޓް އަދުނާނު ޙުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ