ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ލިޔުނު ރިޕޯޓެއްގައި ޖުވެނައިލް ކޯޓާ މެދު ޢާންމުން ދެކޭގޮތް ބަދަލުވާނެ ފަދަ ވާހަކަ ތަކެއް ލިޔެފައި ވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރު ވާން އެންގުމުން، އެ މައްސަލަ އެޗްއާރުސީއެމް އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިއަދުގެ މެންދުރު 1:30 އަށް ޖުވެނައިލް ކޯޓަށް ހާޒިރު ވުމަށް އެޗްއާރސީއެމްގެ މެމްބަރުންގެ މައްޗަށް އެ ކޯޓުން އަމުރު ކޮށްފައި ވަނީ ށ.ފޭދޫގައި 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލަ އާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކޮށްފައިވާ ގޮތުގެ މައްޗަށް އެޗްއާރްސީއެމް ރިޕޯޓް’ ގެ ނަމުގައި ނެރުނު ރިޕޯޓްގައި އެ ކޯޓުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ އިބާރާތްތަކެއް ހުރި ކަމަށާއި އަދި އެ ކޯޓުން އަމަލުކޮށްފައިވާ ގޮތާއި ދެކޮޅު ވާހަކަތަކާއި ކޯޓާއި މެދު ދެކޭގޮތް ބަދަލުވާނެ ފަދަ ވާހަކަ ތަކެއް ހުރި ކަމަށް ބުނެ އެވެ.
މިކަމާ ބެހޭ ގޮތުން އެޗްއާރުސީއެމް އިން މިރޭ ޢާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ އެޗްއާރުސީއެމްގެ މެމްބަރުން ކޯޓަށް ހާޒިރުވެފައ ނުވަނީ "ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ގުޅޭގޮތުން ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކާއި އިޖުރާއާތުތަކާ ޚިލާފަށް މިކޮމިޝަންގެ މެންބަރުންގެ މައްޗަށް އަމުރުކުރައްވާފައިވާ" މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާތީ ކަމަށެވެ.
އަދި، ޝަރީޢަތުން ބޭރުގައި ހިންގޭ "ކޯޓުގެ ހުރުމަތް ކެނޑޭ" މައްސަލަތަކަކީ ހަމައެކަނި ދަޢުލަތުން ދަޢުވާ ކުރުމުން ބެލޭ މައްސަލަތަކެއް ކަން ޖުވެނައިލް ކޯޓުގެ ޤަވާއިދުގެ 80 ވަނަ މާއްދާއިން އިނގޭ ކަމަށް މި ބަޔާނުގައި ބުނެފައި ވެ އެވެ. ދަޢުލަތުގެ ފަރާތުން އެޗްއާރުސީއެމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިފަދަ ދަޢުވާއެއް އުފުލާފައި ވާ ކަން ނުވަތަ ނުވާ ކަން އެޗްއާރުސީއެމްއަށް އެނގިފައި ނުވާ ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ.
އަދި މީގެ އިރުރުން ދަޢުލަތުން ހުށަހަޅާ ދަޢުވާއެއް ނެތި އަމިއްލައަށް މައްސަލަ ނަގައިގެން އެ މައްސަލަ ހިންގުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަން ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެ އެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފަިއ ވަނީ، އެ ކޮމިޝަނުން ނެރުނު ރިޕޯޓަކީ ހަމައެކަނި ދަޢުލަތުގެ މުޢައްސަސާތަކާ ހިއްސާ ކޮށްފައިވާ ސއްރު ރިޕޯޓެއް ކަމަށާއި، މި ރިޕޯޓުގައި ޖުވެނައިލް ކޯޓު ބަދުނާމުވާ ފަދަ ހަޤީޤަތާ ޚިލާފު އެއްވެސް ވާހަކައެއް ހިމެނިފައި ނުވާނެ ކަމަށެވެ.
ކޯޓަށް ހާޒިރުވާން އެންގި މައްސަލަ އެޗްއާރުސީއެމް އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ