ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މެދުގައި ކުލަބް ޖަމިއްޔާތައް ހިންގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އަންގައިފި އެވެ.
ޝަރުއީ ދާއިރާގެ ހުރިހާ މުއައްސަސާތަަކަށް އަމާޒުކޮށް ސުޕްރީމް ކޯޓުން މިއެންގުން އަންގާފައިވަނީ އެކޯޓުން ރޭގެ ވަގުތެއްގައި ނެރެފައިވާ ސާކިއުލާއެއްގަ އެވެ.
ސްޕްރީމް ކޯޓުގެ ސާކިއުލާގައި ބުނެފައިވަނީ "ޝަރުއީ ދާއިރާގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކްލަބް ޖަމިއްޔާ ހިންގަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށާއި އަދި އެފަދަ ހަރަކާތެއް ހިންގަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބެލުމުގެ ދަށުން ކަމުގައި ކަނޑައަޅައިފި" ކަމަށެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މެދުގައި ކުލަބް ޖަމިއްޔާތައް ހިންގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބުމުން ކަމަށް ބުނެ އެކޯޓުން ރޭ ސާކިއުލާ ނެރުނީ ޑްރަގް ކޯޓުން އިންތިޒާމްކޮށްގެން ސިޓީ ކައުންސިލްގެ ފުޓްސަލް ދަނޑުގައި "ޖުޑިޝަރީ ކަޕް 2015" މުބާރާތް ރޭ ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ އެ ސާކިއުލާއާ ގުޅިގެން މުބާރާތް ފެށުން 30 މިިނިޓަށް ފަސްކުރި އެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ލިބުމުން ރޭ ވަނީ މުބާރާތް ފަށާފަ އެވެ. މިބުރާތުގައި ސުޕްރީމް ކޯޓުގެ މުވައްޒަފުން ބައިވެރިވެފައެއް ނުވެ އެވެ.
ޝަރުއީ ދާއިރާގެ ކުލަބް ޖަމިއްޔާތައް ހިންގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ