މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ވައިޓް އެލާޓެއް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށް އުތުރުގެ އަތޮޅު ތަކަށާއި ދެކުނުގެ އަތޮޅު ތަކަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މައުލޫމާތުދެ އެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ. އަދި އެހެން ރާއްޖޭގެ ހިސާބުތަކުގައި ކަނޑުތައް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މިއީ ސުކޫލް ބަންދު ދުވަސްވަރަށް ވާތީ މި ދުވަސް ވަރަކީ ގިނަ ކަނޑު ދަތުރު ތަކެއް ކުރާ ދުވަސްވަރެއް ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ