މުހުތާޒާއި ގާޒީ ނިހާންގެ މައްޗަށްވެސް މިރޭ ހުކުމް އިއްވަނީ

ސައްޙަ ނޫން ކޯޓް އަމުރެއް ތައްޔާރުކޮށްގެން ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ހުކުމް އިއްވުން މިރެއަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލއިގެ ހުކުމް އިއްވުމަށް ހަމަޖައްސާފައިވަނީ މިރޭ 11:00 ގައި އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ވަނީ މާލެއިން ފުރައިގެން ލޯންޗެއްގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިން މާމިގިއްޔަށް ވަޑައިގެން އެރަށު ކޯޓުގެ މެޖިސްޓްރޭޓް ނިހާނާ އެކު ކޯޓުގެ ލެޕްޓޮޕް ކައިރީ ތިއްބަވަނިކޮށް ދުށް ކަމަށް ހެކިބަސް ދީފަ އެވެ.
މީގެ އިތުރުން ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުންގެ މައްޗަށް ހުކުމް އިއްވުންވެސް މިރޭ ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިރޭ 10:00 ގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ