ދުނިޔޭގެ އެންމެ ދުވަސްވީ އެއް މާބަނޑު ދެ މީހުން، އުމުރުން 103 އަހަރުގައި މަރުވެއްޖެ

އުމުރުން 103 އަހަރުގައި، ދުނިޔޭގެ އެންމެ ދުވަސްވީ އެއް މާބަނޑު ދެ މީހުން މަރުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ އެބަރތްރިޑޯ ކެއަރފްލީގެ ސައުތް ވޭލްސް އަށް ނިސްބަތްވާ ގްލޭންސް ތޯމަސް އާއި ފްލޮރެންސް ޑެވީސް އަށް އުމުރުން 103 އަހަރު ފުރިފައިވާ އިރު އެ ދެމީހުން އެންމެ ކުޑަ އިރުއްސުރެ ދިރިއުޅެމުން ދިޔައީ އެއް ގެއެއްގައި އެވެ. ނަމަވެސް ޒަވާޖީ ހަޔާތެއް ފަށައިގެން ވަކި ވާން ޖެހުމުން ވެސް ދެމީހުން ދިރިއުޅެމުން ދިޔައީ އަވަށްޓެރިންގެ ގޮތުގައި އެވެ. އެ ދެ މީހުންގެ ގެ ހުންނަނީ އެއް ގެއިން އަނެއް ގެއަށް ދެވޭ ގޮތަށް ހަދާފައެވެ.
ދެމީހުން ދިރިއުޅެމުން ދިޔައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައާއި ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރުގައިވެސް އެ ދެ މީހުން ދިރި ތިއްބެވެ.
މީގެ ތެރެއިން ތޯމަސްގެ އެއް ދަރި ހުންނަ އިރު އޭނާ އަނީ ތިން ދަރިންގެ މާމަ އެކެވެ. އަދި އޭނާއަށް މުނިމާމަ ކިޔާ ނުވަ ދަރިންވެސް އެބަ ތިއްބެވެ. ޑެވީސްގެ ތިން ދަރިން ތިބި އިރު ނުވަ މާމަ ދަރިންނާއި 12 މުނިމާމަ ދަރިން ތިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ