ޓާރބިއުލެންސެއްގެ ސަބަބުން އަބޫދާބީއިން އިންޑޮނޭޝިއާގެ ޖަކާޓާއަށް ދަތުރުކުރަމުންދިޔަ އިއްތިހާދު އެއާވޭސްގެ ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.
އަބޫދާބީއިން ފްލައިޓް ނައްޓާލިތާ 45 މިނެޓުވިއިރު ހިނގި މި ހާދިސާގައި ޖުމްލަ 31 މީހަކަށް އެކިވަރުގެ އަނިޔާވެފައި ވާއިރު އޭގެތެރެއިން ބައެއް މީހުނަށް ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ. އެހެން ނަމަވެސް ފްލައިޓް ވަނީ ސަލާމަތުން ޖައްސާފައި ކަމަށް ހަބަރުތައް ބުނެއެވެ.
މިކަމާއި ގުޅިގެން އިއްތިހާދު އެއާވޭސްއިން ބުނެފައިވަނީ މި ހާދިސާގައި ފްލައިޓް ޖަކާޓާގެ ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓަށް އެޤައުމުގެ ގަޑިން 14:24 ގައި ޖެއްސުމާއި އެކީ ސިއްހީ ފަރުވާދޭ ފަރާތްތަކުން ވަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވެފައި ކަމަށެވެ.
"31 ފަސިންޖަރަކަށް ވަނީ އެކިވަރުގެ އަނިޔާވެފައި. އޭގެތެރޭގައި ގިނައިން ހިމެނެނީ ފަތުރުވެރިން" - އިއްތިހާދު އެއާވޭސްގެ ތަރުޖަމާނަކު ބުނެފައިވެއެވެ.
އޭނާ ބުނީ، އަނިޔާވި މީހުންގެ ތެރެއިން ނުވަ މީހަކު އިތުރު ފަރުވާ ދިނުމަށްޓަކައި ޖަކާޓާގެ ލޯކަލް ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ330-243 އާއި ކުރިމަތިވި މި ޓާބިއުލެންސްގެ ސަބަބުން ފްލައިޓްގެ ކެބިންއަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.
ޓާރބިއުލެންސެއްގެ ސަބަބުން އިއްތިހާދު އެއާވޭސްގެ ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ