ލާޖެއްސުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ހައި ކޯޓުން ހުކުމްކުރި - ހުސްނުއް ސުޢޫދު

ލާޖެއްސުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ބުނެ، 2013 ވަނަ އަހަރު ހައި ކޯޓުން ހުކުމްކުރި ކަމަށް ދޭހަވާ ވާހަކައެއް މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއް ސުޢޫދު ވިދާޅުވެއްޖެއެވެ.
ދާދި ދެންމެއަކު، ހުސްނުއް ސުޢޫދު ކުރެއްވި ޓްވީޓެއްގައި، ލާޖެއްސުމާއި ގުޅުންހުރި މައްސަލައެއްގެ ޤަޒިއްޔާ ނިމުނު ގޮތުގެ ޚުލާސާ އެޓޭޗްކުރެއްވުމަށްފަހު އޭގެ ތަފުސީލުގައި ވިދާޅުވެފައިވަނީ، އެއީ "ލާޖެއްސުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ ހައިކޯޓުން ކުރި ހުކުމް" ކަމަށެވެ.
ޤާނޫނީ ވަކީލު ހުސްނުއް ސުޢޫދު މިރޭ އެވާހަކަ ވިދާޅުވި އިރު، ރައީސް ޔާމީންގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ގ. ދޫވެއްސާއި ހދ. ކުޅުއްދުއްފުށީ ވައިފިލާގެ މަރިޔަމް އަހުމަދުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހ. ނޫފަރު ލާޖައްސާފައިވާކަމަށާއި، އެކަމާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއިން ނިންމެވި ނިންމެވުމަކީ ސައްހަ ނިންމެވުމެއް ކަމަށް ކަނޑައަޅުއްވާ، މި މަހުގެ 11 ވަނަ ސިވިލް ކޯޓުން ވަނީ އެ ދެ ގޯތީގެ މިލްކުވެރިކަން ބަދަލުކުރެވިފައިވާކަމަށް ހުކުމްކޮށްފައިކަމަށް މިއަދު ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ