މޫސުން ގޯސްވެ، ތޫފާން މިންޑުލްގެ ސަބަބުން ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އެއަރޕޯޓުގެ އުދުހުންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓުތައް ބުނެފައިވަނީ މި ތޫފާނުގެ ސަބަބުން އާދަޔާއި ޚިލާފަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
އެގޮތުން ގަޑިޔަކު 180 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. ހަމަ އެހެންމެ މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ފުރުސަތުވެސް ބޮޑުކަމަށް ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.
މި ތޫފާނުގެ ސަބަބުން، އެއަރޕޯޓުގެ އުދުހުންތައް މެދުކަނޑާލުމުގެ ސަބަބުން 400 ވައިގެ ދަތުރަށް ބުރޫއަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ތޫފާން މިންޑުލް މިހާރު ދަތުރުކުރަމުންދަނީ އުތުރަށްކަމަށް ޚަބަރު ލިބެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޓޯކިޔޯގެ ވައިގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ