ބޭސްފަރުވާގެ ފުރުސަތު އަދީބަށްވެސް ލިބެންޖެހޭ: މައުމޫން

ޖަލުގައި 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބަށްވެސް ސިއްހީ ފަރުވާ ލިބެންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، އަދީބުގެ ހާލަތު ބަޔާންކޮށް ދިވެހި ރައްޔިތުންނަށް އޭނާ ވަނީ އިއްޔެ އަސަރުގަދަ ސިޓީއެއް ފޮނުވާފައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އަދީބްވެސް ހިމެނޭގޮތަށް ޖަލުގައި ތިބި ގައިދީނަށް ބޭސްފަރުވާގެ ހިދުމަތް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެކަމަަށެވެ.
އަދި އަދީބު އާލާސްކަންފުޅާ އުޅުއްވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ