މޫސުން ވަރަށް ގޯސްވެއްޖެ، އުތުރުގެ ބައެއް އަތޮޅުތަކަށް އޮރެންޖް ސަމާލު ނެރެފި

އުތުރުގެ ބައެއް އަތޮޅުތަކަށް އޮރެންޖް ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެެރެފައި ވަނީ, ހއ އަތޮޅުން ފެށިގެން ށ އަތޮޅާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައި ވަނީ، މި ސަރަަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ފެންބޮޑު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ނެރުނު އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 20:00 އަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ނެރުނު ދެ ވަނަ އޮރެންޖް ސަމާލެވެ.
މީގެ ކުރިން މެއި 15 ވަނަ ދުވަހު ރާއްޖޭގެ މެދު ތެރެއާ އުތުރުގެ ހަތް އަތޮޅަކަށް އޮރެންޖް ސަމާލު ނެރުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ