ޖުމްހޫރީ ޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން އެބޭފުޅުންގެ ކެންޑިޑެސީ އަނބުރާ ގެންދެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް އެދިވަޑައިގަތުމުން ކަމަށް ބައެއް ނޫސްތަކުން ފަތުރާފައިވާ ޚަބަރު އޭގެތެރެއިން ބައެއް ބޭފުޅުން މިއަދު ދޮގުކުރައްވައިފިއެވެ.
ނަންތައް އަނބުރާ ގެންދެވީ ގާސިމް އިބްރާހިމް ފޯނުން ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށް ރިޕޯޓްކޮށްފައިވާ މައްސަލައިގައި ބައެއް ބޭފުޅުން މިއަދު ވީނިއުސްއަށް ވިދާޅުވީ އެއީ ހަގީގަތެއް ނޫންކަމަށާއި ނަން އަނބުރާ ނެގުމަށް ގާސިމް އެދިވަޑައިގެންފައިނުވާކަމަށެވެ. ފޯނުކުރައްވައި ގާސިމް ހިއްސާކުރެއްވީ ޖުމްހޫރީ ޕާޓީއާ މެދު އެމަނިކުފާނު ކުރައްވާ އުއްމީދުކަމަށެވެ. އެ އުއްމީދަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މަގާމެއްގައިވެސް އިލްމީ ގާބިލް ހަރުދަނާ ބޭފުޅުން ތިއްބަވައިގެން ރާއްޖޭގެ އެންމެ ހަރުދަނާ މަގްބޫލު ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމުގައި ހެއްދެވުމުގެ އުއްމީދު ކަމުގައެވެ.
ނަން ހާމަނުކުރުމަށް ޝަރުތު ކުރައްވައި ބައެއް ބޭފުޅުން ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން ހުރިހާ ބޭފުޅުންނާއެކު ބައްދަލުވުންތައް ނުބޭއްވެވޭނެތީ ގިނަބޭފުޅުންނާ ވާހަކަފުޅު ދައްކަވަނީ މުވާސަލާތީ ވަސީލަތެއް ބޭނުންކުރައްވައިގެން ވަކިވަކިން ކަމުގައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ވަރަށް ގިނަބޭފުޅުންނާ ފޯނުން ވާހަކަދައްކަވައި އެމަނިކުފާނުގެ ޚިޔާލުފުޅުތައް ހިއްސާކުރައްވަމުން ގެންދަވާ ކަމުގައެވެ. މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ގާބިލްކަން ހުންނަންޖެހޭ މިންވަރާމެދު ގާސިމް ދެކެވަޑައިގަންނަވާ ގޮތް އެމަނިކުފާނު ހިއްސާކުރެއްވި ކަމުގައެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން ނަންފުޅުތައް އަނބުރާ ގެންދެވީ ގާސިމް ވިދާޅުވެގެން ނޫންކަމަށާއި ގާސިމް ހަމައެކަނި ވިދާޅުވީ ޕާޓީއާމެދު އެމަނިކުފާނުގެ ތަސައްވުރުކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. ކައުންސިލްގައި ކުރާ މަސައްކަތަށްވުރެ މުހިއްމު ފަންނީ އަދި އެހެން މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރަންޖެހޭތީ ކޮމިޓީތަކަށް އިސްކަން ދިނުމަށް ބައެއް ބޭފުޅުން ނަންފުޅުތައް އަނބުރާ ނެންގެވީ ކަމަށް އެބޭފުޅުން ވީނިއުސްއަށް ވިދާޅުވެފައިވެއެވެ.
"ހަމަގައިމުވެސް އަޅުގަޑަށް ނާންގަވާ ނަން ނެގުމަކަށް. އަޅުގަޑުގެ ކައިރީގައި ދެއްކެވީ ޖުމްހޫރީ ޕާޓީ އުޖާލާކޮށް ހަރުދަނާ ކުރުމުގެ ވާހަކަ. އެކަމަށް ފުރުސަތު ދިނުމަށް އަޅުގަޑުގެ އަމިއްލަ ނިންމުމެއް ކައުންސިލުން އަޅުގަޑުގެ ނަން ނެގުމަކީ." ވީނިއުސްއާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.
ނަން ނެގުމަށް ގާސިމް ނާންގަވާ: މެމްބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ