ރޭޕް މައްސަލާގައި މުޒާހަރާ ކޮށްފި

ރޭޕްކުރުމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާރާ ކޮށްފި އެވެ.ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަމާދެކޮޅަށް އަޑުއުފުލައި މިއަދު ހަވީރު 16:00 ގައި ވަނީ ޖެންޑަރ މިނިސްޓްރީ ކުރިމައްޗަށް އެއްވެފައެވެ. އަދި ރާއްޖޭގައި ހިނގަމުންދާ މިބާވަތުގެ އެހެންކަންކަމާ ދެކޮޅަށްވެސް އެމީހުން ދަނީ އަޑުއުފުލަމުންނެވެ.ނަމަވެސް މާގިނަ އިރުތަކެއްނުވެ ފުލުހުންވަނީ ޖެންޑަރ މިނިސްޓްރީ ހުންނަ ބިއްލޫރިޖެހިގޭ ކުރިމަތީ ތިބި މީހުން މަޖީދީ މަގު އަލިކިލެގެފާނު މަގާވީ ހަތަރު އަނގޮޅިއާ ހަމައަށް ފަހަތަށް ޖައްސާފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންވަނީ ފުލުހުންނަށް ހަމަލާވެސް ދީފައެވެ. އެކަމާއި ގުޅިގެން އެކަކު ހައްޔަރުވެސް ކުރިއެވެ.ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ ޖަހާފައެވެ.މި އަހަރު ކުރީކޮޅުވެސް ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލަ އެއް ފެންމަތިވެ، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާތައް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ