ފުވައްމުލަކުން ފެނާއި ކަރަންޓު ކެނޑިއްޖެ

ފުވައްމުލަކު ސިޓީއިން މިއަދު ފަތިހުން ފެށިގެން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ މި ޚިދުމަތްތައް މެދުކެނޑިފައިވަނީ، އިންޖީނުގެ ހައި ވޮލްޓޭޖް މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މިކަން ހައްލުކުރުމަށްޓަކައި އެއް ދުވަހެއްގެ މުއްދަތެއް ވަރު ނަގާނެކަމަށް ވެއެވެ.
މިހާރުވެސް ފުވައްމުލަކު ސިޓީގެ ބައެއް ގޭގެއަށް ކަރަންޓު ލިބޭކަަމަށްވެއެވެ. ނަމަވެސް ލޯ ވޮލްޓޭޖްގައި ފޯރުކޮށްދޭ މި ކަރަންޓު ލިބެނީ ވަރަށް މަދު ގެތަކަކަށެވެ.
ފުވައްމުލަކު ސިޓީގެ ފެނާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއިން އާ ޓްރާންސްފޯމަރެއް ގެންދިއުމަށް ފެނަކައިން ވަނީ ނިންމާފައެވެ. މި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ