ފުވައްމުލަކު ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިފި

ފުވައްމުލަކު ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ.
ފެނަކައިން ބުނީ އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދިފައި ވާކަމަށެވެ. އެހެން ނަމަވެސް، ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަރަންޓުގެ އާލާތްތައް ނޫނީ މިވަގުތު ބޭނުން ނުކުރުމަށް ފެނަކައިން އިލްތިމާސް ކުރެއެވެ.
ފުވައްމުލަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ސިޓީގައި ބޭނުން ކުރަމުން އައި 2500 ކިލީވޮޓުގެ ޓްރާންސްފޯމާއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސިޓީގައި ދެމުން ދިޔަ ފެނުގެ ހިދުމަތަށްވެސް ބުރޫއެރިއެވެ.
ފެނަކައިން އޭރު މައުލޫމާތު ދީފައިވާ ގޮތުގައި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމުގެ ގޮތުން އައްޑޫ ސިޓީން ޓްރާންސްފޯމާއެއް އެ ސިޓީއަށް ގެންދިއުމުގެ ނިންމާފައި ވެއެވެ. އަދި އެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް 10 ނުވަތަ 12 ގަޑިއިރު ނަގާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ