މަރަށް މަރު ހިފާކަށް ބޭނުމެއް ނޫން، ބޭނުންވަނީ މަރުގެ ދިޔަ: ޔާމީން ރަޝީދުގެ މަންމަ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށް ސާބިތުވި ދެ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ މަރުގެ ދިޔަ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ބުނެފިއެވެ. ޔާމީން ރަޝީދު މަރާލުމުގެ ކުށް ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ. ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަރިޔަމް ޝަފީގާ ބުނީ މަރުގެ ދިޔަ ބޭނުންވަނީ އޭނަގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމަށްޓަކައި ކަމަށެވެ. "ދުނިޔޭގައި ހުރިއިރު، އިންސާނަކަށް ވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ދަރިފުޅު ދެކުނު. ވީމާ ގިސޯސް ހިފަން ބޭނުމެއް ނޫން،" މަރިޔަމް ޝަފީގާ ބުންޏެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި މިހާރު ނަގައިދެނީ އެއް މިލިއަން ރުފިޔާއެވެ. ޔާމީން ރަޝީދުގެ މަންމަ މަރުގެ ދިޔަ ބޭނުންވިޔަސް އޭނާގެ ބައްޕަ ހުސައިން ރަޝީދު ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ކްރިމިނަލް ކޯޓުގައި އޭނާ މިއަދު ބުންޏެވެ. އޭނާ ބުނީ ގާތިލުންނަށް މައާފު ދެވެން ނެތް ކަމަށާއި ސަބަބަކީ އެކަން ކުރީ ދުރާލައި ރާވައިގެން ކަމުގައިވާތީ ކަމަށެވެ. ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ