ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

އދ. މަންދޫ ކައިރިން ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ މަންދޫ ކައިރީ އޮތް ފަރަކަށް ޑައިވް ކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިން ތަކެއްގެ ތެރެއިން އެއް ފަތުރުވެރިއަކު ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެދ ޯނިގާއި ދިޔަ ފަތުރުވެރިން ޑައިވިންއަށް ފޭބީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނައާ އެކު އިތުރު ފަތުރުވެރިންތަކެއް ވެސް ޑައިވިންއަށް ފޭބި ނަމަވެސް ގެއްލުނީ އެމީހާ އެކަނި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
އިތުރުރަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ