މުޅި ފުވައްމުލަކުން މިއަދު ކަރަންޓު ކަނޑަނީ

މުޅި ފުވައްމުލަކު ސިޓީން މިއަދު ކަރަންޓު ކެނޑުމަށް ނިންމައިފިއެވެ.
ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނީ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ގެނެވުނު ޓްރާންސްފޯމަރ އިންސްޓޯލް ކުރުމުގެ މަސައްކަތަށް މިއަދު މެންދުރު 2 އިން ހަވީރު 5 އަށް މުޅި ރަށުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިވަގުތުތަކުގައި ސަޕްލައި ފެނުގެ ޕްރެޝަރު ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފެނަކަ އިން ބުނެއެވެ.
މީގެއިތުރުން އެއްވެސް ސަބަބަކާ ހުރެ ކަރަންޓު ކެނޑޭ ގޮތް ދިމާވެއްޖެނަމަ ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ވެސް ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިއްވާފައި ބެހެއްޓުމަކީ ރައްކާތެރި ކަމެއް ކަމަށްވެސް ފެނަކަ އިން ބުނެއެވެ.
ފެނަކަ އިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ