ގާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއް

އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ގާނޫނީ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.
އޭޖީ އޮފަިހުން ބުނީ މި ކެމްޕެއިނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ޢަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު އާންމުންނަށް އޮޅުންފިލުވައިދިނުން ކަމަށެވެ.
މިކެމްޕެއިންކީ އާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރު ކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މި ކެމްޕެއިންގެ މަގްސަދަކީ ގާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންސާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުން ކަމަށް އޭޖީން ބުނެއެވެ.
އޭޖީ އޮފީހުން ބުނީ މި ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކަމަށެވެ.
މިގޮތުން، ޓްވިޓާ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި މި ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އެއޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ