ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފި އެވެ.
ނަޝީދު މިކަން ކުށްވެރިކުރެއްވީ ގާސިމް އިބްރާހީމް މިރޭ ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމާއި ގުޅިގެން ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމުގެ މައްޗަށް ފުލުހުން ކުރަމުންދާ ތުހުމަތާ ގުޅިގެން ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރި މައްސަލާގައި ވެސް ނަޝީދު މީގެ ކުރިން ވަނީ ވާހަކަދައްކަވާފަ އެވެ.
އެގޮތުން އޭރު ނަޝީދު ވިދާޅުވީ ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ބިރު ދެއްކުމަށް ކަމަށެވެ. އަދި ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރާއިރުވެސް ވީހާވެސް ގިނަ ބޭފުޅުން ގާސިމްގެ އަރިހުގައި ފުލުސް އޮފީހަށް ދިއުމަށް ވެސް ނަޝީދު އޭރުވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް ހައްޔަރުކުރުމުން ރައްޔިތުން މަގުތަކަށް ނިކުތުމަށް ނަޝީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ