މިހާތަނަށް ނަތީޖާ ދައްކާގޮތުން ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނެކަމަށް ބެލެވެނީ ސަލީމް

މަޖިލިސް އިންތިޚާބުގެ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ކުރަމުންދާއިރު އޭދަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ރެޑްވޭވް ސަލީމް އަދި ތުޅާދޫ ދާއިރާ އެމްޑީޕީ ކެންޑިޑޭޓް ހިސާން ހުސައިން ކާމިޔާބު ކުރައްވާނެކަން ޔަގީންވެއްޖެއެވެ.
މިހާތަނަށް ނަތީޖާ ދައްކާގޮތުން ސަލީމު ކުރީގައި އުޅެނީ 57.98 އިންސައްތަ ވޯޓުންނެވެ. އެދާއިރާގެ 1502 ވޯޓް ގުނާފައިވާއިރު 839 ވޯޓް ސަލީމް ހޯއްދަވާފައިވެއެވެ. އާއްޓޭއަށް ލިބިފައިވަނީ 588ވޯޓެވެ.
ހިސާން ، އިންތިޚާބު ކާމިޔާބު ކުރެއްވިކަން މިހާތަނަށް ލިބިފައިވާ ނަތީޖާއިން ކަށަވަރު ކުރެވެއެވެ.
ތުޅާދޫ ދާއިރާއިން ހިސާން އާއި އެންމެ ވާދަކުރެއްވީ އެދާއިރާ އަށް ޕީޕީއެމްގެ ޓިކެޓްގައި ނިކުތް މުހައްމަދު އަތީފެވެ.
ތަފްސީލް އަންނަނީ…..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ