ސީލައިފް އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެފި

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމަށް ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އަތުން އެޑްވާންކޮށް ގިނަ އަދަދަކަށް ފައިސާ ނެގުމަށް ފަހު، އެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން، މަކަރާއި ހީލަތްހެދިކަމުގެ ތުހުމަތުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.
އަންމަޓީ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު އިރު، މި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވިޓާގައި ވިދާޅުވީ ސީލައިފްގެ މައްސަލާގައި ވ ތިނަދޫ، ރެޑްހައުސް އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސްއަށް އެދިފައިވާ ކަމަށާއި އެ އަމުރު ވަރަށް އަވަހަށް ނެރޭނެ ކަމުގަ އެވެ.
ފައިސާ ނެގުމަށް ފަހު ސީލައިފުން ލަނޑުދިން މައްސަލަ އެތައް ބަޔަކުވަނީ ޕޮލިހާއި، އޭސީސީ އަދި ކޯޓަށް ހުށަހަޅާފަ އެވެ.
ފްލެޓް ދޭނެކަމަށް ބުނެ، ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނަގައި، މަކަރު ހެދި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އިންސާފުގެ ހިނގާލުމުގެ ނަމުގައި ހިނގާލުމެއް ބާއްވަން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 04:30ގައި ބާއްވަން ނިންމާފައި ވެއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުރިމަތިން ފަށާ އެހިނގާލުމުގައި ގިނަ ބަޔަކު ބައިވެރިވުމަށް އެފަރާތްތަކުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ