ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 79 އުޅަނދެއްް ނައްތާލައިފި

ތަފާތު ސަބަބުތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި އުޅަނދުތަކުގެ ތެރެއިން 79 އުޅަނދު މިއަދު ނައްތާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 64 ސައިކަލާއި، ހަތަރުފުރޮޅީ 10 އުޅަނދާއި އަދި ފަސް ބައިސްކަލް ކަމަށެވެ.
މިތަކެތި ނައްތާލާފައިވަނީ ފުލުހުން ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ބަހައްޓާފައި ހުންނަ މާލޭގެ ކުރީގެ ކުނިކޮށީގަ އެވެ.
ނައްތާލި އުޅަނދުތަކަކީ ކޮން ސަބަބުތަކަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އުޅަނދުތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް އުޅަނދުތައް ނައްތާލާފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ގާނޫނީ އިޖުރައާތްތަކެއް ފުރިހަމަކުރުމަށްފަހު ނައްތާލުމަކީ ފުލުހުންނަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ