އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 30 ސްކޫލަކުން ބައިވެރިވެއްޖެ

މައިލޯ 19 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ސްކޫލަކުން ބައިވެރިވެއްޖެ އެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހަށް މާލޭގައި ބާއްވާ މިމުބާރާތުގައި ބައިވެރިވި ސުކޫލް ތަކަކީ، ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ދ. އަތޮޅު މަދަރުސާ، ގދ. އަތޮޅު މަދަރުސާ، ހުވަދޫ ސްކޫލް، ތިނަދޫ ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ފުވައްމުލަކު ސްކޫލް، ޒިކުރާ އިންސްޓިޓިއުޓް، ހިތަދޫ ސްކޫލް، އައްޑޫ ހައި ސްކޫލް، ފޭދޫ ސްކޫލް، ޣާޒީ ސްކޫލް، އަމީނިއްޔާ ސްކޫލް، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް، ކަލާފާން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، ހިރިޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، އަދި ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީހަތަރު ދުވަހުގެ މުއްދުތަށް ކުރިޔަށް ދާ މި މުބާރާތުގައި ފަސް ޢުމުރުފުރާއެއްގައި ދެޖިންސުން ޖުމްލަ 104 އިވެންޓް ކުރިޔަށްދާނެ ކަމަށެވެ. އަދި އެ ޢުމުރުފުރާތަކަކީ 11، 13، 15، 17 އަދި 19އަހަރުން ދަށުގެ އުމުރު ފުރާތައް ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މުބާރާތުގެ ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14.00 ކުރިން ކަމަށް ވެސް އެތުލެޓިސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ