ކައުންސިލް މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް އިތުރު 15 ދުވަސް މިރޭ ޖަހައިފި އެވެ.
ޒައިދުލް އަމީންގެ ވަކީލް އަހުމަދު މަހްފޫޒް ވިދާޅުވި ގޮތުގައި ޒައިދުލް އަމީން ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ޒައިދުލް އަމީންއާ މާދަމާ ބައްދަލުކޮށްފައި ދެވެން އޮތް މައުލޫމާތެއް ދޭނަން،" މަހްފޫޒް ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލާގައި ޒައިދުލް އަމީންގެ ބަޔާން ފުލުހުން ނަގައި ފޯނު ވެސް އަތުލާފައިވާ ކަމަށެވެ.
ޒައިދުލް އަމީން ހައްޔަރު ކުރީ ބްލެކްމެއިލް ކުރި މައްސަލައެއްގައި ކަމަށްވެ އެވެ.
ޒައިދަކީ ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެބައިވުމުން، އޭނާ އެރުއްވީ ރައީސް މައުމޫންގެ ފަޅިއަށެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސިޔާސަތުތަކަށް އޭނާ ދިޔައީ ފާޑު ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ