އަވިން 1.5 މެގަވޮޓްގެ ކަރަންޓު ހުޅުމާލޭގައި އުފައްދަނީ

އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ ނިޒާމެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ވޯލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވެޔަރަމަންޓް އެންޑް އެނާޖީ ގުޅިގެން ހިންގާ އެޕްރޮޖެކްޓްގެ ދަށުން، ސޯލާ ޕެނަލްތައް ހަރުކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 1000 ހައުސިން ޔުނިޓްތަކުން ހޮވާލެވޭ ޔުނިޓްތަކުގައެވެ.
ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ހުޅުމާލޭ ރިނިއުބަލް އެނާޖީ ކޮމްޕެނީއާ އެވެ.
އެމަސައްކަތް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ