ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެން ސިޔާދު ޖަލުން ދޫކޮށްލައިފިއެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިންގި އޮޕަރޭޝަންގެ ތެރެއިން ސިޔާދު ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު އޮފީހުގައި ހުންނަވަނިކޮށެވެ.
ކޯޓުގެ އަމުރާއި އެކު ސިޔާދު ފުރަތަމަ ގެންގޮސްފައިވަނީ މާލޭ ޖަލަށެވެ. ސިޔާދު މާލޭ ޖަލުން ދޫކޮށްލާފައިވަނީ މިރޭ 6:15 އެހާއިރުއެވެ.
ސިޔާދު ދޫކޮށްލި ނަމަވެސް މާލެއިން ބޭރަށް ނުދިއުމަށާއި އޭނާގެ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވާ ނަމަ އެންގުމާއި ކޯޓުން ފޮނުވާ ޗިޓުތަކާ ހަވާލުވުމަށް ޝަރުތުކޮށްފައިވެއެވެ.
ސިޔާދު ގާސިމް ޖަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ