ސަޓާ 2018 އަށް ރާއްޖޭން ކުރިމަތިލި ފަރާތްތަކުގެ އިވެލުއޭޝަންސް ނިންމާލައިފި

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 އަށް ރާއްޖޭގެ ފަރާތުން ނޮމިނޭޝަން ހުށަހެޅި ފަރާތްތަކުގެ އިވެލުއޭޝަން ނިންމާލައިފިއެވެ.ސަޓާ 2018 އަށް ކުރިމަތިލި ފަރާތްތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް މޫކައި ހޮޓެލްސްގައެވެ.މިއަހަރުގެ އެވޯޑުތަކަށް ޖުމްލަ 50 ދާއިރާއަކުން ރާއްޖެއިން އެކަނިވެސް 500 އަށް ވުރެ ގިނަ ފަރާތްތައް ކުރިމަތިލާފައިވާއިރު، ރާއްޖޭގެ އިތުރުން ލަންކާއާއި އިންޑިއާއާއި ބޫޓާންގެ އިތުރުން ނޭޕާލުންވެސް މި އެވޯޑްތަކަށް ނޮމިނޭޝަންސް ހުށަހަޅާނެއެވެ.އެގޮތުން ރާއްޖޭގެ ފަރާތުން އެވޯޑްތަކަށް ކުރިމަތިލި ފަރާތްތަކުގެ އިވެލުއޭޝަންސް ނިންމާލާފައިވާއިރު، ދެން މި މަސައްކަތް ކުރިއަށް ގެންދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ.މާލެއާއި ކޮލޮމްބޯގެ އިތުރުން ދެން އިވެލުއޭޝަންސް ކުރިއަށްދާނީ ނިއުދިއްލީ، ޕާރޯ، ކޮލޮމްބީ، ބެންގަލޯ އަދި ކަތަމަންޑޫގައެވެ. އަދި ސަޓާގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 އަދި 15 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ކަމަށް ހައިރައިޒްއިން ބުނެއެވެ.ފާއިތުވެދިޔަ ދެ އަހަރުވެސް ސަޓާ އެވޯޑްސްގައި އެންމެ ގިނަ އެވޯޑްތައް ހާސިލްކޮށްފައިވާ ޤައުމަކީ ދިވެހިރާއްޖެއެވެ. އެގޮތުން 2016 ވަނަ އަހަރު ރާއްޖެއަށް އަށާރަ އެވޯޑް ލިބިފައިވާއިރު، މިދިޔަ އަހަރު ޖުމްލަ 24 އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ