މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ނާޒިމް ރާއްޖެ ވަޑައިގެންނެވީ އޭނާއަށް އިއްވާފައިވާ 25 އަހަރުގެ ޖަލުހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން މިމަހުގެ ހަތަރުވަނަ ދުވަހު އަމުރެއް ނެރެފައި ވަނިކޮށެވެ.
މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ޖަލަށްލާފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓު ރިޕޯޓާއި ގުޅިގެން އުފުލާފައިވާ ހިޔާނާތުގެ ދައުވާއެއްގައެވެ. އެ މައްސަލާގައި ނާޒިމަށް 25 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.
ނާޒިމް ރާއްޖެއަިން ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާއެއް ހޯއްދެވުމަށެވެ. އެހެން ނަމަވެސް ފަހުން އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައި އެގައުމުގައި މަޑު ކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގައި ނާޒިމް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާފައެވެ.
މެމްބަރު ނާޒިމް ރާއްޖެ ވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ