7 ދުވަސްތެރޭ ފައިސާ ނުދެއްވައިފިނަމަ ކިނބިގަސްދޮށުގެއަށް މީހުން ފޮނުވާނަން- ޖާބިރު
ކުރީގެ ރައީސް މައުމޫނަށް ދެއްވި 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއަށް އޭނާގެ މީހުން ވަންނާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން އެ ބޭފުޅާއަތުން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، އަދި އެ ފައިސާ އަނބުރާ ދެއްވުމަށް މައުމޫނަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވާފައިވާކަމަށެވެ. އަދި އެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އެމުއްދަތުގައި ފައިސާ ނުދައްކަވައިފި ނަމަ މުއްދަތު ހަމަވުމާއެކު އެބޭފުޅާގެ މީހުން ކިނބިގަސްދޮށަަށް ވަންނާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވެފައިވަނީ އެބޭފުޅާއަތުން ރައީސް މައުމޫން ފައިސާ ނަންގަވާފައިވަނީ ރައީސް މައުމޫންގެ ގެކޮޅު ކަމަށްވާ ކިނބިގަސްދޮށުގެ މޯގޭޖް ކޮށްފައިކަމަށް. އަދި އެ ފައިސާ ދެއްވީ އެގްރީމެންޓެއްގައި ސޮއި ކުރެއްވުމަށްފަހުގައި ކަމަށާއި، އެ ލިޔެކިއުންތައްވެސް އެބަހުރި ކަމަށެވެ.ކުރީގެ ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ޖާބިރު ވިދާޅުވެފައިވީ ނަމަވެސް ރައީސް މައުމޫންވަނީ އެކަން ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޖާބިރު އަތުން ފައިސާ ނަގާފައި ނުވާނެ ކަމަށެވެ. ރައީސް މައުމޫން ގެ އިތުރުން މިސަރުކާރުގެ ރައީސުލްޖުމުހޫރިއްޔާ އަށްވެސް ޖާބިރު ވަނީ އެފަދަ ތުހުމަތު ތަކެއް ކުރައްވާފައެވެ. އެގޮތުން ޖާބީރު ވިދާޅުވެފައިވަނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެބޭފުޅާގެ ފައިސާއިން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ