ބަންޑާރަކޮށި ސަރަހައްދުގައި އިންނަ އަމީރު އަހުމަދު މަގު އަންނަ ހަފްތާގެ ތެރޭގައި ވެހިކަލްތަކަށް ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ދީފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއާއި ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އަންނަ ހަފްތާގައި ހުޅުވާލުމަށް ހަމަޖެހިފައިވަނީ ބަންޑާރަކޮށި ކުރިމަތިން އޮންނަ މަގުގެ ސަރަހައްދެވެ.
އަދި އިސްލާމީ މަރުކަޒުގެ މާބްލް ޖަހާފައިވާ ސަރަހައްދުވެސް ވެހިކަލްތަކަށް ދުއްވޭނެހެން ބަދަލުކުރުމަށް ވިސްނަމުންދާކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ބައެއް މަގުތަކަށް ބަދަލުގެނެސް ހުޅުވާލުމަކީ މުހިންމު ވައުދެކެވެ.
އަމީރު އަހުމަދު މަގު ވެހިކަލްތަކަށް ހުޅުވާލަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ