ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސްކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު، އިބުރާހިމް ރިޟާ އެމަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖީހަށް މިމައްސަލަ މިއަދު ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ރިޟާ އެވެ.
ރިޟާ ޖޭއެސްސީގެ މެމްބަރުން ކަމުގެ މަޤާމުން ވަކިކުރުމަށް ހުށައަޅުއްވާފައިވާ ސަބަބުތަކުގެ ތެރޭގައި މަޤާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އެކަށީގެންވާ ގޮތުގައި އުފުލާފައި ނުވުމާއި، މަސްލަހަތު ފުށުއަރާގޮތަށް މަސައްކަތް ކުރައްވާފައި ވުމާއި، އޭނާގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ތުހުމަތު ކުރެވިފައިވުން ފާހަގަކޮށްފައި ވެއެވެ.
މިގޮތުން ނާޒިމް ހުށައެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، ޤާނޫނު އަސާސީގައި ޤާނޫނުން އެމެމްބަރުގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާ ކަމަށާއި އަދުލުއިންސާފު ޤާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި، ކޯޓުތަކާއި ގުޅޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭކަން ޤާނޫނު އަސާސީން ލާޒިމްކޮށްފައި ވާއިރު، އެކަންވެސް އެމެމްބަރު ނުކުރައްވާ ކަމަށެވެ.
އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ރިޟާ އިންނަވައި، ފަނޑިޔާރުންނާއި ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި ހަމަޔާއި އިންސާފުން އެއްކިބާވެ ވަޑައިގެން އެކަންކަން ކުރައްވަމުން ގެންދަވާ ކަމުގައި ޤަބޫލު ކުރެއްވޭތީ އާއި ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އިންނަވައި މައްސަލަތަކުގައި އަމިއްލަ ފަރާތްތަކަށް ވަކާލަތު ކޮށްދެއްވުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމަކަށް ޤަބޫލު ކުރެވޭ އިރު އެގޮތަށް އަމަލު ކުރަމުން ދާކަންވެސް ފާހަގަކޮށްފައިވެއެވެ.
އަދި ސަރުކާރުގެ ކުންފުނިތަކަކަށް ވަކާލާތުކޮށްދިނުމަށް ބޮޑެތި އަދަދުތަކުން ލީގަލް ފީތައްވެސް ނަގަމުން ދާކަން ފާހަގަކޮށް، އެމްޕީއެލްގެ މައްސަލައެއްގައި ވަކީލުކަން ކޮށްދިނުމުގެ ފީއެއްގެ ގޮތުން 2.9 މިލިޔަން ރުފިޔާ ނަންގަވާފައި ވުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަމަށް ވެސް ޤަބޫލު ކުރެވޭ ކަމުގައި ނާޒިމް ހުށައެޅުއްވި އެމައްސަލައިގައި ބުނެފައި ވެއެވެ.
ޖޭއެސްސީގެ މެމްބަރު ކަމުން ރިޟާ ވަކިކުރުމަށް މަޖިލީހަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ