މިމަހު އަށާވީސްވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޙާބުގެ ދެ ވަނަ ބުރުގައި ގާތްގަނޑަކަށް 500 މީހުން އަލަށް ވޯޓުލަން ޝަރުތު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ފުރަތަމަ ބުރުގައި އަލަށް ވޯޓްލާން 30ހާހަށްވުރެ ގިނަމީހުން ޝަރުތު ހަމަވެފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ވޯޓްލުމުގެ ޝަރުތުހަމަވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 2،39،593 (ދެލައްކަ ތިރީސް ނުވަހާސް ފަސްސަތޭކަ ނުވަދިހަ ތިނެއް) ކަމުގައި އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.
އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓްލުމަށް 65،745 (ފަސްދޮޅަސް ފަސްހާސް ހަތްސަތޭކަ ސާޅީސް ފަހެއް) މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
ފުރަތަމަ ބުރުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރި މީހުން އަލުން ރަޖިސްޓްރީ ކުރަން ޖެހޭނީ ކުރިން ވޯޓްލިތަން ބަދަލްވާނަމަ ކަމަށާއި ދެވަނަ ބުރުގައި ވޯޓްލަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށްވެސް ވަނީ އެކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން 18 އަހަރު ފުރިގެން އަލަށް ވޯޓްލަން ޝަރުތު ހަމަވާ މީހުންގެ ފުރިހަމަ އަދަދު އެގޭނީ ދެވަނަ ބުރުގެ ވޯޓް ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ފަހު ކަމަށްވެސް ވަނީ އެކޮމިޝަނުން ވަނީ ހާމަކޮއްފައެވެ.
500 މީހުން ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި އިތުރަށް ވޯޓް ލާނެ- އިލެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ