މިސްރުގެ ރިޔާސީ އިންތިޚާބުގެ އެންމެ ކުރީގައި މުޙައްމަދު މުރުސީ އާއި އަހުމަދު ޝަފީޤް

މިސްރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ފޮށި ތަކުގެ ނަތީޖާ ދައްކާ ގޮތުން އިންތިޚާބުގެ އެންމެ ކުރީގައި މިހާރު އުޅުންވަނީ މުސްލިމް ބްރަދަރހުޑްގެ ކެންޑިޑޭޓް މުޙައްމަދު މުރްސީ އާއި އަދި ކުރީގެ ބޮޑުވަޒީރު އަޙްމަދު ޝަފީޤުކަމަށް  އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ތަކުން ދައްކައިފިއެވެ.އަލްޖަޒީރާ ނިވްސް އާއި ހަވާލާދީ މުސްލިމް ބްރަދަރހުޑްގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ އަންނަ ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރަށް ކެންޑިޑޭޓް މުހައްމަދު މުރުސީ އާއި ކުރީގެ ބޮޑުވަޒީރު އަހުމަދު ސަފީޤް ހޮވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.ވޯޓްގެ %90 މިހާރު ގުނި ނިމިފައިވާއިރު މުރުސީ އަށް ވޯޓުގެ %25 އަދި ސަފީޤް އަށް ވޯޓްގެ %23 ޕަސެންޓް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ހާމަކުރެއެވެ.މިއިންތިޚާބުގައި 13 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު އޭގެތެރޭގައި ޢަރަބްލީގުގެ ކުރީގެ ވެރިޔާ ޢަމްރު މޫސާއާއި އިޚްވާނުލް މުސްލިމީން(މުސްލިމް ބްރަދަރހުޑް)ގެ ފަރާތުން މުޙައްމަދު މުރްސީ އަދި ހުސްނީ މުބާރަކް ވެރިކަމުގެ ފަހުކޮޅު ބޮޑުވަޒީރުކަން ކޮށްފައިވާ އަޙްމަދު ޝަފީޤު ހިމެނެއެވެ.އިންތިޚާބުގެ ޤަވާޢިދު ބުނާ ގޮތުން އިންތިޚާތުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް %50 ނުލިބިއްޖެނަމަ އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނާއި އެކު ދެވަނަ ބުރަކަށް ދާން ޖެހޭނެއެވެ.އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހުގައެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ