އެކަށީގެންވާ ގޮތެއްގައި ސާކު ނުހިންގޭތީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ހިތާމަފާޅު ކުރައްވައިފިއެވެ.ސާކު ޗާޓަރު ދުވަހާއި ގުޅިގެން މިރޭ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ 35 އަހަރު ކުރިން، ޗާޓަރުގައި ސޮއި ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، މިހާރު ސާކުން މި ސަރަހައްދުގެ 8 ޤައުމުގައި އުޅޭ އެތައް މިލިއަން މީހުންގެ ހައްޤުގައި، ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރަން މާބޮޑު ކަމެއް ނުކުރައްވާތީ މާޔޫސް ވެވަޑައިގަންނަވާކަމަށެވެ.ސާކުގެ ސަމިޓެއް ނުބާއްވާތާ ގިނަ ދުވަސް ވެފައިވާއިރު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން ސާކުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ. ސާކުގައި ހިމެނެނީ އިންޑިއާ، ސްރީލަންކާ، ޕާކިސްތާނު، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި އަފްޣާނިސްތާނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އެކަށީގެންވާ ގޮތެއްގައި ސާކު ނުހިންގޭތީ ރައީސް މައުމޫން މާޔޫސްވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ