ޖުޑީޝަލް ސާރވިސެސް ކޮމިޝަންގެ މެމްބަރަކަށް ޤާނޫނީ ވަކީލެއްގެ ތެރެއިން ވަކީލެއް ހޮވުމަށް މާދަމާ ބޭއްވުމަށް ހަމަޖައްސާފައި އޮތް އިންތިޚާބު ފަސް ކުރުމަށް ސިވިލް ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން މި އަމުރު މިރޭ ނެރިފަައި ވަނީ، މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ އެ އިންތިޚާބާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން، ވަކި ގޮތަކަށް ނިންމަން ދެން އެ އިންތިޚާބު ފަސް ކުރުމަށް އެންގުމަށެވެ.
މި ވަގުތީ އަމުރު ނެރެފައި ވަނީ ޖޭއެސްސީއަށް ވަކީލަކު އިންތިޚާބު ކުރުމަށްޓަކައި ބަންޑާރު ނާއިބުގެ އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މާއްދާއެއް ބާޠިލު ކުުރުމަށް އެދި، ގދ ފިޔޯރީ ކޯޓުގގެ މެޖިސްޓްރޭޓް އަބްދުލްރައްޒާޤް މުހައްމަދު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އަދި މި މައްސަލައިގެ ތެރެއަށް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި، އަނަސް އަބްދުލްސައްތާރު ކިޔާ ބޭފުޅެއް ވެސް ވަނީ ތަދައްޚުލްވެ ވަޑައިގެންފަ އެވެ.
ބަންޑާރަ ނާއިބު އޮފީހުން ނެރުނު އުސޫލުގައި ބާޠިލު ކުރުމަށް މެޖިސްޓްރޭޓް އަބްދުލްރައްޒާޤް ހުށަހަޅުއްވާފައި ވަނީ އުސޫލުގެ މާއްދާ ހ އެވެ.އެ މާއްދާގައި ބުނަނީ، މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓު ލެވޭނީ އެ ރަށެއްގައި ވޯޓު ލުމަށް މަދުވެގެން ފަސް ވަކީލުން، ވޯޓު ނަގަން ހަމަޖެހިފައިވާ ތާރީހު އިއުލާނު ކުރިތާ ހަތަރު ދުވަސް ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ލިޔުމަކުން އަންގަން ވާނެ ކަމަށެވެ.
ޖޭއެސްސީއަށް ވަކީލަކު ހޮވާ އިންތިޚާބު ފަސްކުރުމަށް ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ