އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވީ ސަރުކާރާއި ފެނަކަ ކޯޕަރޭޝަން އަދި އެހެން ފަރާތްތަކުގެ އިހުމާލުން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މި އަހަރުގެ އޮކްޓޯބަރ މަސް ފެށިގެން އައިރު ގިނަ ގެތަކުގައި ކަރަންޓު ނެތުމުގެ ސަބަބުން ކައްކާފައިނުވާ ކަމަށާއި ކުޑަކުދިންނަށް ހޫނު ގަދަކަމުން ނިދަން އުނދަގޫވެ ނުނިދި، އެކުދިންގެ މައިންބަފައިން އެކަމާއި ހިތާމަކުރi ކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން އޯލެވެލް އަދި އޭލެވެލް އިމްތިޙާނަށް ފިލާވަޅުތައް ދަސްކުރުމަށް ކުދިންނަށް އުނދަގޫވިކަންވެސް ސޯބެ ފާހަގަކުރެއްވިއެވެ.
"މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ ސައުވީސް ގަނޑިވޭލާ ކަރަންޓު ޔަޤީންކޯދިނުން. އެކަން ޤާއިމުކޮށް ޔަޤީންކެރާއްވެގެން ކެޑިކަމަކީ މި ފާއިތުވެގަން މިވީ ހަތަރަކަށް އަހަރިތެރޭ ތިން ފަހަރަށް ކަރަންޓުގެ އަގަ ބޮޑަކޯލި" ސޯބެ ވިދާޅުވިއެވެ.
ކަރަންޓުގެ އަގު ބޮޑުނުވާކަމަށް ސަރުކާރުން ބުނާއިރު ބައެއް ރައްޔިތުން ކަރަންޓުގެ އަގު ބޮޑުވެގެން ޝަކުވާ ކޮށްފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފެން ދޫކުރުމުގެ ޚިދުމަތް ފައްޓާފައިވާއިރު އެންމެ އެދެވިގެންވާ ގޮތަށް އެކަން ހިނގަމުންނުދާކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ، ރާއްޖޭގައި ފެން ބަންދުކުރުމުގެ ޤަވާއިދުގައިވާ ގޮތުން ރައްޔިތުންނާއި ހަމައަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ފެން ޓެސްޓު ކުރަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ދިނުމަށް ތާންގިން ނަގާ ފެން ޓެސްޓު ކުރަމުން ނުދާ ކަމަށެވެ. އަދި ފެނުގެ ރަހަ ނުބައިކަމުން ބޭނުން ކުރަންވެސް ކެރިވަޑައިނުގަންނަވާ ކަމަށް ސޯބެ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ރައްޔިތުން ފެނަކައިން ދޫކުރާ ފެން ބޭނުން ނުކުރުމަށް ސޯބެ ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ދިވެހި ރައްޔިތުންނާއި ދޭތެރޭ ވަމުންދާ އިހުމާލުތަކާއި ގުޅިގެން އެކަން ހައްލުކޮށް އިސްލާހީ ފިޔަވަޅުތައް އެޅުންކަމަށް ސޯބެ ވިދާޅުވިއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ކަރަންޓުގެ މައްސަލަ ދިމާވީ ފެނަކަ އާއި ސަރުކާރުގެ އިހުމާލުން: މޭޔަރު ސޯބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ