މާލޭގެ ވަރަށް ގިނަ ގެ ތަކުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެއްޖެ

މާލޭގެ ވަރަށް ގިނަ ގެތަކުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެއްޖެއެވެ.މިކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. މިދިޔަ ޖޫން މަހުގެ ކަރަންޓު ބިލް މިއަދު ލިބިފައިވާ އިރު ވަރަށް ގިނަ މީހުންގެ ކަރަންޓު ބިލް އެހެން މަސްތަކާއި އަޅާއިރު ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ.އާންމުކޮށް 600 އާއި 700 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ބިލަށް އަރާ ގެއެއްގައި ޖޫން މަހު 4000 އަށްވުރެ ގިނަ ރުފިޔާ އަރާފައި ހުރުމުން މީހަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައިވެއެވެ. އޭނާ ވަނީ ކަރަންޓު ބިލްގެ ފޮޓޯއެއް ހިއްސާކޮށް "ފެނަށް އަޅައިގެން ކަރަންޓު ދިރުވާނީ ތޯއްޗެއް" މިފަދައިން ބުނެފައެވެ.މީގެ އިތުރުންވެސް އާންމުކޮށް 300 ރުފިޔާ ބިލަށް އަރާ ގެއަކަށް 800 ރުފިޔާ މިދިޔަ މަހު އަރާފައިވާތީވެސް މީހަކު ޝަކުވާކޮށްފައިވެއެވެ. ކަރަންޓު ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނޫނެވެ. ސަރުކާރުން ވަނީ ކޮވިޑު-19 ރިލީފް ޕްރޮގްރާމްގެ ދަށުން ކަރަންޓު ބިލްތަކުން 30 އިންސައްސަތް އުނިކޮށްފައެވެ. އެހެން ނަމަވެސް 30 އިންސައްތަ އުނި ނުކޮށް ހުންނަ ދުވަސްވަރަށްވުރެ މިހާރުގެ ކަރަންޓު ބިލްތައް ބޮޑުވެގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ