ޖޫންމަހުގެ ކަރަންޓު ބިލު ބޮޑުކުރި މައްސަލަ މަޖިލީހަށް

ފޮޓޯ: ރައްްޔިތުންގެ މަޖިލިސް މާލޭގެ ގޭގެއަށް މިމަހު ފޮނުވައިފައިވާ ކަރަންޓު ބިލުގެ ޖުމުލަ އަދަދު މާ ބޮޑު ކަމަށް ފާދަހަގ ކުރައްވައި ސްޓެލްތޯގެ މައްސަލައެއް ގަލޮލޫ ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މީކާއިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި މި ފަހަރުގެ ކަރަންޓު ބިލު ބޮޑުވީ ސަރުކާރުން ދީފައިވާ ސަބްސިޑީ (ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ) ކަނޑައިލުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައި އޮތް ނަމަވެސް ފުރަބަންދު އައުމުގެ ކުރީގެ ބިލުތަކާ އަޅާއި ބަލާއިރު ޖޫންކަމުހެ ބިލު ދެގިުނަ، ތިންގުނަ އަދި ހަތަރު ގުނަވެސް ބޮޑުވެފައިވާ ކަމަށެވެ.
މީކާއިލް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މި މައްސަލަ ބައްލަވައިދެއްވާށެވެ. އޭނާ ފާހަގަ ކުރައްވައިފައިވާ ގޮތުގައި ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މާލީ ހާލަތު މިހައި ބޮޑަށް ދެރަވެފައިވާ ހާލަތެއްގައި ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ ސަބަބު އޮޅުން ފިލުވާން ޖެހޭނެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ