ރައީސް މައުމޫން ހައްޔަރުކޮށްފި

ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި އަދި ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފި އެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅު ކަމަށްވާ އެންދެރިމާގޭގައި ހުންނަވަނިކޮށެވެ. އެންދެރިމާގެއަށް ފުލުހުން ވަދެފައި ވަނީ ބޭރު ދޮރު ވައްޓާލައިގެންނެވެ. ފުލުހުން ބުނެފައި ވަނީ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އެ ސާވިސްއިން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށްކަމަށެވެ. އެމަނިކުފާނު ހައްޔަރު ވުމުގެ ކުރިން ރައްޔިތުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ރައްޔިތުން ވެސް ސާބިތުކަމާ އެކު ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝަވަތު ދިނުމާއި ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަން ވައްޓާލުމުގެ ކުށުގެ ތުހުމަތުގަ އެވެ. ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިކަލުން އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސް މައުމޫނާއި ނަދީމް ހައްޔަރުކޮށްފައި ވަނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ