ރައީސް ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫނު އަށިގޭގައި (ޖަލުގައި) ބާއްވައިގެން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންކަން ދިވެހިނަށް ބަލައި ނުގަނެވޭނެ ކަމަށާއި ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ލާޒިމްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ޓުވީޓެއްގައި މިފަދައިން މިއަދު ވިދާޅުވީ ޖަލުގައި އޮންނެވި ކުރީގެ ރައީސް މައުމޫނު ހާލުކޮޅު ގޯސްވެ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ފަރުވާދޭ އިއްޔެ ފަށާފައިވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ ރައީސް ޔާމީންގެ ކިބައިން ފެންނަނީ މަދު ދިވެހި ވެރިއެއްގެ ކިބައިން ނޫނީ ނުފެންނަ ވަރުގެ އަނިޔާވެރިކަމެއް ކަމުގައެވެ.
އެއްބަފާ ބޭބޭފުޅު އަށިގޭގައި ބޭއްވުން ދިވެހިންނަށް ގަބޫލު ނުކުރެވޭނެ ކަމަށާއި އެހެންކަމުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހްއަށް ވޯޓް ދެއްވައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ލާޒިމްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅިކަމަށްބުނެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަކުހުކުމެއް ކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ހާލުކޮޅު ގޯސްވެ އިއްޔެވަނީ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ފަރުވާދޭން ފަށާފައެވެ.
ރައީސް މައުމޫނު އަށިގޭގައި, ދިވެހިނަށް ބަލައެއް ނުގަނެވޭނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ