ދިއްގަރު ދާއިރާގެ ޕީޕީއެމް ޓިކެޓް ހޯއްދެވުމަށް ފާރިޝް ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ކުރީގެ ރައީސް މައުމޫންގެ އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ކުރިމަތިލައްވައިފި އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފާރިޝްގެ އިތުރުން ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ހަތަރު ބޭފުޅު ކުރިމަތިލައްވާފައިވެ އެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމާއި މ. އަތޮޅު ކައުންސިލްގެ ދެ މެމްބަރެއްގެ އިތުރުން މ. ދިއްގަރު ކައުންސިލްގެ މެމްބަރެކެވެ. ޕީޕީއެމްގެ ޕުރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު މިއަދު 4:00 އަށް ހަމަވެފައިވާއިރު އެ ޕުރައިމަރީ ބާއްވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ގޮނޑި ފުރުއްވެވި އަހުމަދު ނާޒިމުގެ މައްޗަށް ދައުލަތުގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތު 25 އަހަރަށް ޖަލަށްލުމުންނެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ