މަގާމުތަކަށް ބަދަލު ގެންނަނަނީ ސަރުކާރު ހިންގުން ހަރުދަނާކުރުމަށް: ހީނާ ‘ސުޕަރ މެޖޯރިޓީ’ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ހީނާ ކަރަންޓު ދޫކުރަންވީ ޕާޓީގެ ރައްޔިތުންނަށްކަމަށް ދެއްކި ވާހަކަ ޕީއެންސީ ކުށްވެރިކޮށްފި އަލީ ވަހީދުގެ މައްސަލަ “އޮއްބާލީ” ކުރ

ދިވެހިރާއްޖޭގައި ހެދިފައި ހުންނަ ގާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި، އެ ގާނޫނުތަކާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި “އަދަދު” ނޫހުގެ ދެ ނޫސްވެރިއަކަށް އިއްވި ޖަލު ހުކުމާ ގުޅިގެންނެވެ.
އެގޮތުން ހީނާ ވިދާޅުވީ މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނުވަތަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމެއް ނޫން ކަމަށެވެ. ހައްގުތައް އެއްވެސް އިންތިހާއެއް ނެތި ހުޅުވާލުމުން، އޭގެ ނާޖާއިޒު ފައިދާ ނަގައި ރައީސުލްޖުމްހޫރިއްޔާއަށް ގަޒްފު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ ކޯޓަކުން “ގެގް އޯޑަރެއް” (މައުލޫމާތު ހާމަކުރުން މަނާކުރާ އަމުރެއް) ނެރެފައި އޮއްވައި، އެއާ ހިލާފުވުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިވަޑައިގެން ނުވާ ކަމަށެވެ. އަދިި ޒާތީނުވެ، ދޮގު ނަހަދާ އަދި އަބުރާ ނުބެހި ސަރުކާރު ޒިންމާދާރު ކުރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ