އެމްއައިބީގެ ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ތަފްސީލް - އެމްއައިބީގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި، 103 މިލިއަން ރުފިޔާ އަކީ ހިއްސާއަކަށް 4.58ރ. ޖެހޭވަރުގެ އަދަދެކެވެ.
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %58 ގެ އިތުރު ވުމެކެވެ. އެގޮތުން: ހިއްސާގެ ފައިދާ ބެހުމަށް ހުށަހަޅާ ގޮތަކީ:
ޙިއްސާގެ ފައިދާގެ %50 ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމަށް 
ބާކީ %50އާ އެއްވަރުގެ ބޯނަސް ހިއްސާ ދިނުން؛ ބޯނަސް ހިއްސާ ދޭނީ، ހިއްސާއަކަށް 35ރ. ގެ ރޭޓުން
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މިއަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެގޮތުން:
އެ ޖަލްސާގެ ނޯޓިސް އާއި އިތުރު މައުލޫމާތު އޭޕްރީލް މަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް އެ ބޭންކުން ބުނި 
އެމްއައިބީން ބުނީ އެ ޖަލްސާގެ "ރިކޯޑް ތާރީހާ" ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެކަމަށެވެ. 
އެނގުން މުހިންމު - ވޭތުވެދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން:
އެބޭންކުން ވަނީ އާ ސާވިސް ސެންޓަރުތައް ހުޅުވާފައި
ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށްފައިވޭ 
ބައިނަލްއަގްވާމީ ތިން އެވޯޑެއް ލިބިފައިވޭ
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ