ގޯސްޓް އޮފް ޔޯޓެއި އޮކްޓޯބަރު 2 ގައި ރިލީޒް ކުރަނީ ގޯސްޓް އޮފް ޔޯޓެއި އޮކްޓޯބަރު 2 ގައި ރިލީޒް ކުރަނީ

ސޮނީ ކުންފުނީގެ ޕްލޭސްޓޭޝަން 5 އަށް ހާއްސަކޮށްގެން ނެރޭ އޮންލައިން ގޭމް "ގޯސްޓް އޮފް ޔޮޓެއި" އޮކްޓޯބަރު 2, 2025 ގައި ނެރުމަށް ހަމަޖެހިފައިވާކަން ބުދަ ދުވަހު އިއުލާނުކޮށްފި އެވެ. މިއީ ގިނަ ގޭމަރުން ނުހަނު އުފަލުން ބަލައިގަތް ހަބަރެކެވެ.
މިއީ 2020 ވަނަ އަހަރު ނެރުނު ވަރަށް މަގުބޫލު ގޭމެއް ކަމަށްވާ "ގޯސްޓް އޮފް ސުޝިމާ" ގެ ފަހަތުން އަންނަ ގޭމެކެވެ.
ސަކާ ޕަންޗް ކުންފުނިން އުފައްދާފައިވާ މި ގޭމުގެ ދެވަނަ ޓްރެއިލާ "ދަ އޮންރިޔޯސް ލިސްޓް" ނެރެފައިވާއިރު، އާންމުކޮށް، ގޭމުގެ ހުލާސާ ވާހަކައާއި ގޭމް ޕްލޭއަށް ބަލައިލުމުގެ ފުރުސަތު ހޯދައިދީފައިވެ އެވެ.
ގޭމުގެ މައި ކެރެކްޓަރަކީ އާތު އެވެ. ޔޮޓެއި ސިކްސް ނަމަކަށް ކިޔާ ބަޔަކު (ދަ ސްނޭކް، ދަ އޮނީ، ދަ ކިޓްސުނެ، ދަ ސްޕައިޑަރ، ދަ ޑްރެގަން އަދި ލޯޑް ސައިޓޯ) އޭނާގެ އާއިލާ މަރައި، އޭނާ ފަނާކުރަން އުޅުނު ނަމަވެސް އެކަމުން ސަލާމަތްވެ، 16 އަހަރު ފަހުން އެމީހުންގެ ކިބައިން ބަދަލުހިފަން އެނބުރި ގޭމުގެ ލޮކޭޝަން ކަމަށްވާ އޭޒޯ ސަރަޙައްދަށް އާދެއެވެ.
މި ގޭމުގައި ގޯސްޓް އޮފް ސުޝިމާއާ އަޅާބަލާއިރު އޯޕަން ވޯލްޑް އެކްސްޕްލޯރޭޝަން އިތުރަށް ތަރައްގީކޮށްށްފައިވާ ކަމާއި، ޕްލޭޔައަށް އެމީހުން ގަސްތުކުރާ އަމާޒުތަކަށް ފުރަތަމަ ދިއުމުގެ މިނިވަންކަން ލިބޭނެކަމަށް ސަކާ ޕަންޗްގެ ޕްލޭސްޓޭޝަން ބްލޮގް ޕޯސްޓެއްގައި ބަޔާންކޮށްފައިވެއެވެ.
މައި ކުއެސްޓާ އެކު، އާތު އަށް ބައުންޓީ ހަންޓިން ކުރުމާއި، އައު ހަތިޔާރުތައް ބޭނުންކުރަން ދަސްކުރުމާއި އެމީހުން ދިރިއުޅޭ ސަރަހައްދަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ގޯސްޓް އޮފް ސުޝިމާގައި ހުރި ބައެއް ސައިޑް އެކްޓިވިޓީތައްވެސް މިގޭމްގައި އެނބުރި އަންނާނެކަމަށް ލަފާކުރެވެއެވެ.
މި ގޭމު މޭ 2 އިން ފެށިގެން ޕްރީއޯޑާ ކުރުމުގެ ފުރުސަތު ލިބޭއިރު، ޕްލޭޔަރުންނަށް ސްޓޭންޑަޑް އެޑިޝަން، ޑިޖިޓަލް ޑީލަކްސް ވަރޝަން އަދި ކަލެކްޓަރސް އެޑިޝަން ތަކުގެ ތެރެއިން އެމީހުން ބޭނުންވާ ވަރޝަންއަކަށް އޯޑަރުކުރެވޭނެއެވެ. ޕްރީއޯޑަރކުރާ ފަރާތްތަކަށް ގޭމު ތެރޭގައި ބޭނުންކުރާ ހާއްސަ މާސްކެއް އަދި ޕީއެސްއެން އެވަޓާ ސެޓެއް ލިބޭނެއެވެ.
ޑިޖިޓަލް ޑީލަކްސް އެޑިޝަންގައި ދަ ސްނޭކްގެ ހަތިޔާރު ސެޓާއި، ގޭމް ތެރޭގައި ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނޭނެއެވެ. ކަލެކްޓަރސް އެޑިޝަންގައި މީގެ އިތުރުން، އާތުގެ ރިއަލް ލައިފް ގޯސްޓް މާސްކް، ސޭޝް، އަދި ކަޓާނާ ގެ ޓްސުބާގެ ރެޕްލިކާތައް ހިމެނޭނެއެވެ.
މި ގޭމު ޕްލޭސްޓޭޝަން 5 ގައި އޮކްޓޯބަރު 2 ގައި ނެރޭ ގޮތަށް ހަމަޖެހިފައިވާއިރު، ގޭމަރުންނަށް މިހާރު މި ޕްލޭސްޓޭޝަން ސްޓޯގައި އެމީހުންގެ ވިޝްލިސްޓްގައި މި ގޭމު އިތުރުކުރުމުގެ ފުރުސަތު ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ